ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ހަތަރު ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުއަށް ބިޑު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިއަދު ކަމަށެވެ. މުއްދަތު ހަމަވި އިރު ހަތަރު ފަރާތަކުން އެ މަޝްރޫއު ކުރިޔަށް ގެންދަން ބީލަން ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބީލަން ހުށަހެޅުމުގެ ފުރުސަތު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން ޝޯޓް ލިސްޓުކޮށްފައިވާ ފަރާތްތަކަށެވެ. އެއީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ އެ ބޭންކުން800 މިލިއަން ޑޮލަރުގެ ލޯނެއް ދީގެން ކަމަށް ވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް