މާފުށީ ސްކޫލްގެ 12 ކްލާސް ރޫމް އިމާރާތް ކުރުމުގެ މަސަައްކަތް މައިކްރޯން ޕްރައިވެޓް ލިމިޓެޑަށް

ކ.މާފުށި ސްކޫލުގެ ބާރަ ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މި ކޮންޓްރެކްޓުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ...

03 Mar 2022 | 09:37

ކ.މާފުށި ސްކޫލުގެ ބާރަ ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.

މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 16.3 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އެވެ.

މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލީ ނަޖީބް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް