ގދ. އަތޮޅު މަދަރުސާގެ ހޯލް އިމާރާތްކުރަން އަފާމީ މޯލްޑިވްސްއާ ހަވާލުކޮށްފި

ގދ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި ރަސްމިއްޔާތު ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ. މަސައްކަ...

03 Mar 2022 | 09:00

ގދ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތު ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ.

މަސައްކަތް ހަވާލުކުރުމުގެ ރަސްމީއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއެވެ.  އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަމީން މުހައްމަދެވެ.

މި މަސައްކަތް ނިންމަން އެ ކުންފުންޏާއި ހަވާލު ކުރީ300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިއީ7.3 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް