އިޝާންއާ ގުޅޭގޮތުން ސުވާލެއް ކުރުމުން އަނަންޔާ ކަންފަތަށް ގޮތެއް ވެއްޖެ!

ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ އާއި ބަތަލް އިޝާން ކައްކަރުގެ ލޯބީގެ ވާހަކަ އަކީ ދޭތެރެ ދޭތެރެއިން ވައިގަ ހިފާ ވާހަކައެކެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފަ އޮންނަތާ ދެ އ...

03 Mar 2022 | 08:33

ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ އާއި ބަތަލް އިޝާން ކައްކަރުގެ ލޯބީގެ ވާހަކަ އަކީ ދޭތެރެ ދޭތެރެއިން ވައިގަ ހިފާ ވާހަކައެކެވެ.

މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފަ އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މި ފަހުން ދެމީހުންގެ ވާހަކަ ފައިގަ ހިފީ އިޝާންގެ ބޭބެ ޝާހިދު ކަޕޫރުގެ އުފަންދުވު އޭނާ ދިން ޕާޓީއަށް އަނަންޔާ ގެންދިޔަ ހިސާބުންނެވެ. އަދި ޕާޓީގައި އަނަންޔާ ކައިރިން ނެއްޓެން ނޭނގިގެން އިޝާން އުޅުނު ތަން އެ ޕާޓީގައި ނަގާފައިވާ ފޮޓޯތަކުން ހާމަވުމުންނެވެ.

އެކަންތައް ގަނޑާއި ގުޅިގެން އިޝާން އާއި އަނަންޔާގެ ވާހަކަ ދެކެވޭލެއް ގަދަވެފައިވާއިރު އަނަންޔާ ކައިރީ ވަނީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރަން ފަށާފަ އެވެ. ބޮލީވުޑްގެ ޝޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރަކު ވަނީ އިޝާން އާއި ދެމީހުންގެ ގުޅުމާއި ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.

އެމީހާ އެހީ އަނަންޔާ ހުރީ ހުސްކޮށްތޯ އާއި އިޝާން އާއި ދެމީހުންގެ އޮންނަނީ ކޮން ގުޅުމެއްތޯ އެވެ.

އޭގެ ޖަވާބުގައި އަނަންޔާ ބުނީ އެ ސުވާލު އަޑު ނީވޭ ކަމަށެވެ. އަދި ދެވަނަ ފަހަރު އެހުމުންވެސް އަޑުނީވޭ ކަމަށް ބުނުމަށް ފަހު ބުނީ އޭނާ ދިރިއުޅެނީ ވަރަށް އުފަލުގައި ކަމަށެވެ.

އަނަންޔާގެ ކުރިން އިޝާން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޖާންވީ ކަޕޫރާއި އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޖާންވީ އިޝާން ދޫކޮށްލީ އަބަދު ފަހަތުން އުޅުމާއި ޝޫޓިންތައް އޮންނަ ތަނަށްވެސް މާގިނައިން ގޮސް ލޯބި އުތުރި އަރާކަން ދައްކަން އުޅެން ފެށުމުންނެވެ.

ޖާންވީ ބޭނުންވީ ލޯބީގެ ކަންތައްގަނޑޫ ދޫކޮށްލައި ބޮލީވުޑްގައި ކުރިޔަށް ދާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް