ފަތުރުވެރިކަމަށް ބިން ދޫކުރުމާއި ގުޅޭ  އެއްބަސްވުމެއްގައި ކޮނޑޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރިއާ ދެމެދު ސޮއިކޮށްފި

ފަތުރުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ކޮނޑޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާއި ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މ...

03 Mar 2022 | 08:19

ފަތުރުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ކޮނޑޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާއި ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލް ހަކީމްއެވެ.

މި އެއްބަސްވުމަކީ ކޮނޑޭ ކައުންސިލްގެ އެދުމުގެ މަތިން ފަތުރުވެރިކަން ތަރައްޤީކުރުމަށް އެރަށުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ބިންތަކުގެ އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް އެހީތެރިކަން ކައުންސިލަށް މިނިސްޓްރީގެ ފަރާތުން ދިނުމާބެހޭ އެއްބަސްވުމެކެވެ.

ކޮނޑޭ ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލް ހަކީމް ވިދާޅުވީ، މިއީ މި ދައުރު ފެށުނީއްސުރެ ކައުންސިލުން ކުރަމުންދިޔަ މަސައްކަތަކަށް ނިމުން އައި ދުވަސްކަމަށެވެ. މި އެމްއޯޔޫއަކީ ކޮނޑޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ޓޫރިޒަމް ބިންތައް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްގެން ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމެއްކަމަށާއި އަދި ކައުންސިލާއި މިނިސްޓްރީއާއި ގުޅިގެން މިކަމުގެ ނަތީޖާ ނެރެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އާތިފް ވިދާޅުވީ، މިކަމުން ހާމަވެގެންދަނީ ކޮނޑޭ ކައުންސިލުން އެރަށުގައި ފަތުރުވެރިކަން ތަރައްޤީކުރަން ބޭނުންވާ މިންވަރުކަމަށެވެ. އަދި މިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް