އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ނަރުހުން ހޯދަން އިއުލާނު ކޮށްފިއެވެ.
އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ދާއިމީ ވަޒީފާ އަށް 28 ނަރުހުން ބޭނުން ވާކަމަށެވެ.
އެގޮތުން ނަރުހުން ހޯދުމުގައި ތިން މަގާމަކަށް ނަރުހުން ބެނުންވާ ކަމަށް އެ އިލާނުގައި ވެއެވެ. އެއީ ރެޖިސްޓަރޑް ނަރސް ، ސީނިއަރ ރެޖިސްޓަރޑް ނަރސް އަދި ކްލިނިކަލް ނަރސް ގެ މަގާމެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 00؛01 ޖެހުމާ ހަމައަށްށެވެ.
މި ވަޒީފާ އާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ހެނދުނު 08:00 ން މެންދުރު ފަހު 14:00 ށް، 3335234 އަށް ގުޅުމަށް އައިޖީއެމްއެޗުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް