ޖިންސީ ގޯނާގެ މައްސަލައުގެ ދައުވާ އަށް ރާއްޖއިން ބޭރުގައި ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
ދިވެހި ފުލުހުން މިއަދު ބުނީ އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލާގައި ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.
މުއްދަތެއް ނެތް ގޮތަށް ބޭސްފަރުވާއަށްކަމަށް ބުނެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާއި ގުޅިގެން އަލީ ވަހީދު ވަނީ އިނގެރޭސި ވިލާތައްވަޑައި ގޮސްފައެވެ. އޭގެ ފަހުން އަލީ ވަހީދު ޝަރީއަތަށް ހާޒިރު ކުރަން ކޯޓުއަމުރެއްނެރެ އޭނާ ޝަރީއަތަށް ނުވެގެން ދެ މަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ތަންފީޒު ކުރަން އޭނާ ނުގެނެވިގެން އުޅެނިކޮށް، ނޮވެމްބަރު, 29, 2021 ގައި ކްރިމިނަލް ކޯޓުން އަނެއްކާވެސް ވަނީ އޭނާ ޝަރީއަތަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފަ އެވެ.
ބުނި މުއްދަތުގައި އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމުން އެ މައްސަލައިގައި ޖާމިނުވެފައިވާ އަސްހަދުގެ މައްޗަށް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ހުކުމް އިއްވިއިރު އޭނާ ވެސް ހުރީ ލަންޑަންގައެވެ. ނަމަވެސް ފަހުން ރާއްޖެ އައިސް ވަނީ ކަރެކްޝަންސްއާ ހަވާލުވެފައެވެ. އޭނާ މިހާރު ހުރީ ޖަލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް