ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ދިރިހުއްޓަ ނުވަތަ މަރާލައިިގެން ގެނެސްދޭ މީހަކަށް އެއް މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ހުށަހަޅައިފި އެވެ.
މި އިނާމު ދޭން ބޭނުންވާކަން އިއުލާނު ކުރީ އެމެރިކާގައި ދިރިއުޅޭ ރަޝިއާގެ މަހުޖަނެއް ކަމަށްވާ އެލެކްސް ކޮނަނީހިން އެވެ. އޭނާ އަކީ ޓެކް ވިޔަފަރީގައި އުޅޭ މިލިއަނަރެކެވެ.
އޭނާ ސޯޝަލް މީޑިއާގަގައި ބުނެފައިވަނީ ޕުޓިން އަކީ އަނިޔާވެރި ކުށްވެރިއެއް ކަމަށެވެ. އަދި ރަޝިއާ އަސްކަރިއްޔާގައި މަސައްކަތް ކުރާ ސިފައިން އޭނާ އާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ.
އެލެކްސް ބުނެފައިވާ ގޮތުގައި އެފަދަ ފިޔަވަޅެއް އަޅަން ކެރޭ ރަޝިއާ ސިފައިންގެ އޮފިސަރަކަށް އޭނާ އެއް މިލިއަން އެމެރިކާ ޑޮލަރު ދޭނެ ކަމަށެވެ. ސިފައިންގެ ތެރެއިން ޕުޓިން އާއި ދެކޮޅަށް ނުކުތުމަކީ ސަރުކާރާއި ދެކޮޅުވުން ނޫންކަން ހަނދާން ކޮށްދެމުން ބުނެފައިވަނީ އެފަދަ އޮފިސަރަކު ވާނީ ރަޝިއާގެ ގާނޫނު ނަގަހައްޓާ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބާ މީހަކަށް ކަމަށެވެ.
އޭނާގެ ޕޯސްޓުގައި ޕުޓިންއަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން 1999 ވަނަ އަހަރު ރަޝިއާގައި އެޕާޓްމެންޓު އިމާރާތެއް ގޮއްވާލީވެސް ޕުޓިން އާޑީގައި ހުންނަވަވައިގެން ކަމަށް ބުނެފަ ވެއެވެ.
އެ އިމާރާތް ގޮއްވާލި ހާދިސާ އާއި ގުޅިގެން އޭރު ރިޕޯޓު ކުރި ގޮތުގައި އެކަން ކުރީ ސަލާމަތީ ބާރުތަކުންނެވެ. އެކަމަކު އެކަން އަޅުވާފައިވަނީ ޗެޗްނިއާގައި ޕުޓިންގެ ބާރު ގަދަ ކުރުމުން އެ ގައުމުގެ ބޮލުގައި ކަމަށްވެ އެވެ.
އުމުރުން 55 އަހަރުގެ އެލެކްސް އަކީ ރަޝިއާގެ ބޭންކެއް ކަމަށްވާ ރަޝިއަން އެކްސްޗޭންގް ބޭންކުގެ ފައުންޑާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް