ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ދޭން ކަނޑައަޅާފައިވާ1،000 ގޯތި ހިލޭ ދިނުަމށް އެދި މާލޭ ސިޓީ ކައުންސިލުން ރައިސް އިބްރާހިމް މހައްމަދު ސޯލިހަށް ސިޓިއެއް ފޮނުވައިފި އެވެ.
ސަރުކާރުން ވަނީ މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހުޅުމާލެ އާއި ގުޅީފަޅު އަދި މާލެ ސަރަހައްދުން ފަޅެއް ހިއްކައިގެން ގޯތި ދޫކުރާނެ ކަމަށެވެ. އަދި ދާދިފަހުން ވަނީ1،000 ގޯތި ހުޅުމާލެއިން ކަނޑައަޅައި ދިނުމަށް އެދި ހައުސިން މިނިސްޓްރީން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ސިޓީއެއް ފޮނުވާފަ އެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ގޯތިދޭ ވާހަކައަކީ ހަގީގަތަކަށް ވާނަމަ ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް މާލޭ ރައްޔިތުންނަށްވެސް ހިލޭ ގޯތި ދޫކުރުމަށް އެދިވަވޑައިގެންނަވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ހުޅުމާލެއިން މާލޭ ރައްޔިތުންނަސ ްގޯތި ދޫކުރާ ވާހަކަ އަޑުއެއްސެވީ މީޑިއާއިން ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެކަަމަށް އެދިވަޑައިގެން ރައީސަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ.
https://twitter.com/MMuizzu/status/1499210191841021952
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް