ރަޝިޔާ މަހުޖަނެއްގެ "ދިލްބަރް" ޔޮޓް ޖަރުމަނުން ހިފަހައްޓައިފި

ރަޝިޔާގެ މަހުޖަނެއް ކަމުގައިވާ އަލިޝާ އުސްމަނޯވްގެ "ދިލްބަރް" ޔޮޓް ޖަރުމަނުން ހިފަހައްޓައިފިއެވެ. މި ޔޮޓް ހިފަހައްޓާފައިމިވަނީ ޕުޓިންއާއި ގާތްގުޅުމެއް އޮންނަ ރަޝިޔާގެ މަހުޖަނުންނާއި ދެކޮޅަށް ގައުމުތަކ...

03 Mar 2022 | 05:32

ރަޝިޔާގެ މަހުޖަނެއް ކަމުގައިވާ އަލިޝާ އުސްމަނޯވްގެ "ދިލްބަރް" ޔޮޓް ޖަރުމަނުން ހިފަހައްޓައިފިއެވެ.

މި ޔޮޓް ހިފަހައްޓާފައިމިވަނީ ޕުޓިންއާއި ގާތްގުޅުމެއް އޮންނަ ރަޝިޔާގެ މަހުޖަނުންނާއި ދެކޮޅަށް ގައުމުތަކުން ގުޅިގެން އަަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖަރުމަނުގެ ހެމްބާގް ޝިޕްމަންޓުން ހިފަހައްޓާފައިވާ މި ޔޮޓަކީ 600 މިލިޔަން ޑޮލަރުގެ ސުޕަރ ޔޮޓެކެވެ. މި ޔޮޓަކީ 156 މޓަރުގެ ިދިގު، ބޮޑު، ލަގްޒަރީ ޔޮޓެކެވެ.

މިއީ މިގޮތަށް ހިފެހެއްޓި ފުރަތަމަ ޔޮޓް ކަމުގައިވާއިރު ރަޝިޔާގެ މަހުޖަނުންގެ އެސެޓްތައް ހޯދައި އަތުލައިގަތުމުގެ މަސައްކަތް އެމެރިކާއާއި އެމެރިކާގެ ގާތް ގަައުމުކުން ވަނީ ފަށާފައެވެ. އެއީ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

މި ޔޮޓްތަކާއި ސުޕަރ ޖެޓްތައް ހިފަހައްޓަން ފަށާފައިވާއިރު ރަޝިޔާގެ މަހުޖަނުންގެ ބައެއް ޔޮޓްތަކާއި ޖެޓްތައް އަންނަނީ ރާއްޖެ އަށް ދަތުރުކުރަމުންނެވެ. އެއީ ރާއްޖޭގެ ސަރަހައްދުން އެ ތަކެތި އަތުލައިނުގަނެވޭނެތީއެވެ.

ރާއްޖޭގެ އިތުރުން ސީޝަލްސް އާއި މޮންޓެނެގްރޯ ބަނދަރަށް މިފަދަ ޔޮޓްތައް ދަނީ ޖަމާވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް