އެންޓަޕްރައިޒް އެޕްލިކޭޝަންސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏާއެކު އުރީދޫން ޕާޓްނާޝިޕަކަށް

އެންޓަޕްރައިޒް އެޕްލިކޭޝަންސް ސޮފްޓްވެއާ (އޮފީސް/ކުންފުނި ހިންގުމުގައި ބޭނުންކުރާ އެޕްލިކޭޝަންތަކާއި ސޮފްޓްވެއާ) ފޯރުކޮށްދޭ، ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނި ކަމުގައިވާ ސެޕްއާއެކު އުރީދޫ ގްރޫޕުން ޕާޓ...

03 Mar 2022 | 04:14

އެންޓަޕްރައިޒް އެޕްލިކޭޝަންސް ސޮފްޓްވެއާ (އޮފީސް/ކުންފުނި ހިންގުމުގައި ބޭނުންކުރާ އެޕްލިކޭޝަންތަކާއި ސޮފްޓްވެއާ) ފޯރުކޮށްދޭ، ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނި ކަމުގައިވާ ސެޕްއާއެކު އުރީދޫ ގްރޫޕުން ޕާޓްނާޝިޕަކަށް ގޮސްފިއެވެ.

ދުނިޔޭގެ 10 ގައުމެއްގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތް ދެމުން އަންނަ އުރީދޫ ކުންފުނިން މިކަން އިއުލާނުކުރީ މި ހަފްތާގައި ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2022 ގައެވެ.

އެސްއޭޕީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެންޓަރޕްރައިޒް އެޕްލިކޭޝަން ސޮފްޓްވެއަރ ފޯރުކޮށްދޭ ކުންފުންޏެވެ. އުރީދޫގެ މުހިންމު ސްޓްރެޓީޖިކް ލަނޑުދަނޑިއެއް ކަމުގައިވާ، އަދި ސެންޓްރަލައިޒްޑް ކްލައުޑް ޕްލެޓްފޯމަކަށް އެކުންފުނީގެ އީއާރުޕީ ސޮލިއުޝަންތައް އެއްފަސްކުރުމަށް ގިނަ ހައްލުތަކެއް މި ޕާޓްނަޝިޕާއެކު ލިބިގެންދާނެކަމުގައި އުރީދޫން ބުނެއެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން އުރީދޫއަށް އިންޓަރގްރޭޓެޑް އަދި އެންޑް ޓު އެންޑް ޕްރޮސެސް އަދި ސިސްޓަމްމެދުވެރިކޮށް ކަސްޓަމަރުންނާއި، މުވައްޒަފުންނާއި، ސަޕްލަޔަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ އިތުރުން، އޮޓޮމޭޝަން އަދި އޮޕްޓިމައިޒޭޝަން އިތުރުކުރުމަށް އެންމެ އެކަށީގެންވާ އިންފްރާސްޓްރަކްޗަރ އުރީދޫއަށް ލިބިގެންދާނެކަމަށްވެސް އުރީދޫން ބުނެއެވެ.

އެސްއޭޕީއިން އުރީދޫއަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ، އުރީދޫ އަށް އެކުންފުނީގެ އޯގަނައިޒޭޝަންގެ ހުރިހާ ކަމެއް މެނޭޖްކުރުމުގައި، މުވައްޒަފު، ކަސްޓަމަރ އަދި ސަޕްލަޔަރ އެކްސްޕީރިއަންސް އިން ފެށިގެން، އެކުންފުނީގެ ޕްރޮޑަކްޓްތަކާއި، ފައިނޭންސް އަދި އައި.ޓީ އާއި ހަމައަށް، އުރީދޫއަށް އެހީތެރިވެދިނުމުގެ ގޮތުން، އަވަސް، އެންޑް ޓު އެންޑް ބިޒްނަސް ޕްރޮސެސްތައް ހިންގުމަށް މަގުފަހިކޮށްދޭ، އިންޓަރގްރޭޓެޑް އެޕްލިކޭޝަންތަކުގެ އިންޓެލިޖެންޓް ނިޒާމެއް ގާއިމްކުރުމެވެ.

އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އަޒީޒް އަލުތްމަން ފަޚްރޫ ވިދާޅުވީ އުރީދޫ ގްރޫޕްގެ ކޯޕަރޭޓް ސްޓްރެޓެޖީގެ ދަށުން، ދުވެލި ހަލުވިކުރުމަށް، އޭއެސްޕީ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ޕްރޮވައިޑަރސްތަކާއެކު ޕާޓްނަރޝިޕް ތައް ގާއިމްކޮށް، ކުރިއެރުވުމަށް އަމަލީ ގޮތުން އަބަދުވެސް މަސައްކަތް ކުރައްވާކަމަށެވެ.

"މި ޕާޓްނަރޝިޕްގެ ސަބަބުން، އަޅުގަނޑުމެންގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބި، ކަސްޓަމަރުންނާއި ސްޓޭކް ހޯލްޑަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ބާރަކަށްވެގެންދާނެ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އައު އީޖާދުތަކަށް އަޅުގަނޑުމެންނަށް އެކްސެސް ވެވޭނެކަމުގެ ޔަޤީންކަން ލިބިގެންދޭ. އަދި އޭއެސްޕީއާއެކު ދެ ފަރާތަށްވެސް ފައިދާކުރަނިވި ދިގު، ފައިދާކުރަނިވި ޕާޓްނަރޝިޕަކަށް އަޅުގަނޑުމެން އުންމީދުކުރަން"   އޭނާ ވިދާޅުވިއެވެ.

އެގްޒެކެޓިވް ބޯޑުގެ ސީއީއޯ އަދި މެމްބަރު އޭއެސްޕީ އެސްއީ ކްރިސްޓިއަން ކްލެއިން ވިދާޅުވީ އުރީދޫގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި އެ ކުންފުނި ވީތީ ފަޚުރުވެރިވާކަމަށާއި އޭއެސްޕީގެ ހޮލިސްޓިކް އަދި ކަސްޓަމަރ-ސެންޓްރިކް އެޕްރޯޗްގެ ސަބަބުން އުރީދޫގެ ލޭންޑްސްކޭޕް ފަސޭހަވެ، އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެ، ކުންފުނީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް މަގުފަހިވެ، ކުރިއަށް އޮތް ތަނުގައި ހުރި ފުރުސަތުތަކަށް އިތުރު ހަލުވިކަމާއި އެކު އިޖާބަދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް