ޑަޗްލޭންޑްގައި އުމުރުން ދުވަސްވީ އަންހެނެއްގެ އެދުމެއް ފުއްދައިދިނުމަށްޓަކައި ހައްޔަރުކޮށް ޖަލުގޮޅިއަށް ލައިފި އެވެ.
އެދުމެއް ފުއްދައިދިނުމަށް ހައްޔަރުކޮށްފައިވަނީ އުމުރުން 99 އަހަރުގެ، އެނީ ނަމަކަށް ކިޔާ އަންހެނެކެވެ. ޑަޗް ޕުލުހުންގެ ފޭސްބުކް ޕޭޖްގައިގޮތުން މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ މި އަންހެންމީހާ އެކަމަށް އެދުމުންނެވެ.
ފުލުހުން ބުނެފައިވަނީ މަރުވުމުގެ ކުރިން އޭނާ ކުރާން ބޭނުންވާ ކަންކަމުގެ ލިސްޓެއް ހަދާފައި އޮތް ކަމަށާއި އެ ލިސްޓުގައި ޖަލަށް ދިއުން އޮތް ކަމަށެވެ. އަދި އެކަން ކޮށްދިނީ އެ އަންހެންމީހާގެ އެ އެދުން ފުއްދައިދިނުމުގެ ބޭނުމުގައި ކަމުގައި ފުލުހުންގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް