ސައުދީ ރަސްގެފާނުގެ އޭސިއާ ދަތުރުފުޅު: އިންޑޮނޭޝިޔާ އާއެކު 11 އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް، އޭސިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާރު އިންޑޮނޭޝިޔާގައި ހުންނެވި އިރު އެ ގައުމާއެކު 11 އެއްބަސްވުމެއްގައި ސައުދ...

02 Mar 2017 | 22:02

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް، އޭސިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާރު އިންޑޮނޭޝިޔާގައި ހުންނެވި އިރު އެ ގައުމާއެކު 11 އެއްބަސްވުމެއްގައި ސައުދީން ސޮއިކޮށްފި އެވެ.

ސައުދީ ގެޒެޓްގައިވާގޮތުގައި އިންޑޮނޭޝިޔާ އާއެކު ސޮއިކޮށްފައިވަ އެސްބަސްވުންތަކުގެ ތެރޭގައި އިންޑޮނޭޝިޔާގެ ޓްރޭޑް އިންޑަސްޓްރީ އާއި އޭވިއޭޝަން އިންޑަސްޓްރީ އިތުރަށް ފުޅާކުރުމުގެ އެއްބަސްވުން ހިމެނެ އެވެ. އަދި އިންޑޮނޭޝިޔާގެ އިގްތިސާދީ ކުރިއެރުމަށް އެއް ބިލިއަން ޑޮލަރުގެ އެހީ ދިނުމުގެ އެއްބަސްވުމެއް ހިމެނޭކަމުގައިވެސް ސައުދީ ގެޒެޓްގައި ވެ އެވެ.

ސަލްމާން ރަސްގެފާނުގެ މި ދަތުރުފުޅުގައި ލަގެޖުގެ ގޮތުގައި 506 ޓަނުގެ މުދާ ގެންދާކަމުގައި ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ބުނެފައިވާއިރު ސަލްމާން ރަސްގެފާނު ދެން ވަޑައިގަންނަވަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، ޗައިނާ، އަދި ދިވެހިރާއްޖެ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް