ސީރިޔާގެ އާސާރީ ރަށެއް ކަމަށްވާ ތަދްމުރުން އައިއެސް ފައްސާލައިފި

ސީރިޔާގެ އާސާރީ ރަށެއް ކަމުގައިވާ ތަދްމުރު (ޕަލްމީރާ) އިން އައިއެސްގެ ފައުޖުތައް ފައްސާލައިފި އެވެ. ތަދްމުރުން އައިއެސް ފައުޖުތައް ފައްސާލާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތު...

02 Mar 2017 | 21:45

ސީރިޔާގެ އާސާރީ ރަށެއް ކަމުގައިވާ ތަދްމުރު (ޕަލްމީރާ) އިން އައިއެސްގެ ފައުޖުތައް ފައްސާލައިފި އެވެ. ތަދްމުރުން އައިއެސް ފައުޖުތައް ފައްސާލާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތަދްމުރުން އައިއެސް ފައްސާލުމަށް ހަރަކާތްތެރިވެފައިވަނީ ރަޝިޔާގެ ތާއީދާއެކު ހަރަކާތްތެރިވަމުން އަންނަ ސީރިޔާގެ ފައުޖުތަކުންނެވެ. ތަދްމުރަށް އެ ފައުޖުތައް ވަދެފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އަދި އައިއެސްގެ ފައުޖުތައް ތަދްމުރު ދޫކޮށް ކައިރި ރަށްތަކަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެ ރަށް ދޫކޮށް އައިއެސް ޖަމާއަތުން ދިޔަ ނަމަވެސް، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ހާމަކޮށްފައިވާގޮތުގައި އައިއެސްއިން ވަނީ ތަދްމުރްގައި ގިނަ އަދަދެއްގެ ލޭންޑް މައިންސް ވަޅުލާފަ އެވެ. ޔުނެސްކޯގެ ހެރިޓޭޖް ލިސްޓްގައިވެސް ހިމެނިފައިވާ ތަދްމުރު އައިއެސްގެ ބާރުގެ ދަށަށް ގޮސްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް