މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލް ބޭއްވުމަށް ސައުގުވެރިވާ ރަށްރަށުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 35 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލުތައް ބޭއްވުމަށް ޝައުގުވެރިވާ، މާލެ އަތޮޅުން ފެށިގެން ދެކުނުގެ ރަށްރަށުން އެކަމަށް އެދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓް...

03 Mar 2015 | 12:05

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 35 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލުތައް ބޭއްވުމަށް ޝައުގުވެރިވާ، މާލެ އަތޮޅުން ފެށިގެން ދެކުނުގެ ރަށްރަށުން އެކަމަށް އެދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަސްވެރިންގެ ދުވަހަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކާއި މަސްވެރިކަމުގެ ޝަނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން މި ސިނާއަތުގެ ތަރައްގީއަށް ކުރައްވަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެ ފަރާތަތްކުން ކުރައްވާ އަގުހުރި ބުރަ މަސައްކަތްތަކަށް ތަރުހީބު ދިނުމުގެ ގޮތުން ސަރުކާރުން ފާހަގަ ކުރާ ދުވަހެއް ކަމަށެވެ.

އަދި މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މިނިސްޓްރީގެ ސާކިއުލާއާއެކު މިކަމަށް އެދޭ ރަށްރަށުން މިކަމަށް އެދި ހުށަހަޅުއްވަން ޖެހޭ ފޯމި ހުރިހާ އަތޮޅުތަކަކަށް މިހާރު ފޮނުވާފއިވާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ނިމިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ޅ.ނައިފަރުގަ އެވެ. ނައިފަރުގައި ބޭއްވުނު މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ. ރާއްޖޭގެ ފުރަތަމަ މަސްވެރިންގެ މެރީނާ ޅ.ފެލިވަރުގައި ހުޅުވާފައިވަނީވެސް މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް