ވަޅިން ހަމަލާދީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެރޭ މަރާލާފައިވާ ޖައިލަމް ޝާކިރުގެ މަރުގެ މައްސަލައާއި ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އުމުރުން 24 އަހަރުގެ ޖައިލަމް މަރުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެރޭ ދަރުބާރުގޭ ކުރިމަތީގައި އޮންނަ ގޯޅިގަނޑުގެ ތެރޭގައި ޖައިލަމް ހުއްޓާ އެތަނަށް ސައިކަލެއްގައި ދިޔަ ބަޔަކު ޖައިލަމަށް ވަޅިން ހަމަލާ ދިނުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް