ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް ކުރެވޭ ޝަރީއަތުގެ އަޑު އެހުމެއް އަންނަ ހޮނިހިރު ދުވަހަށް ތާވަލްކޮށްފި އެވެ.
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ މައްސަލައިގެ ތިންވަނަ އަޑު އެހުން ކަމަށްވާއިރު މި އަޑު އެހުން ތާވަލްކޮށްފައިވަނީ އެ ދުވަހުގެ ހަވީރު 5:00 އަށެވެ.
މި މައްސަލައިގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި އިއްޔެ ބާއްވާފައިވާއިރު އިއްޔެގެ އަޑު އެހުމުގައި ނާޒިމްގެ މައްޗަށް އުފާލާފައިވާ ދައުވާ އަށް ނާޒިމް ވަނީ އިންކާރު ކޮށްފަ އެވެ. އަދި އިއްޔެގެ އަޑު އެހުމުގައި ދައުލަތުންވަނީ ދައުވާ ބަދަލުކޮށްފަ އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނާޒިމް ދިރިއުޅުއްވާ ގެއަށްވަދެ އެ ގެއިން ފިސްތޯލައަކާއި ތިން ވަޒަނާއި އައިއީޑީއެއް ހޯދާފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ދަންވަރު 3:15 ހާއިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް