"ގާސިމް އަދީބުގެ ކިބައިން އެދުނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް"

ރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބައްދަލުކުރައްވާފައިވާއިރު ގާސިމް އަދީބުގެ އަރިހުގ...

03 Mar 2015 | 03:41

ރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބައްދަލުކުރައްވާފައިވާއިރު ގާސިމް އަދީބުގެ އަރިހުގައި ދެންނެވީ ރައީސް ނަޝީދާއި ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ ގެންދިއުމަށް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނީ ގާސިމް މެންގެ ބައްދަލުވުމާބެހޭގޮތުން އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ އާއި ދެމެދު އެއްބަސްވެފައިވާ ގޮތުގެމަތިން ރައީސް ނަޝީދާއި ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމާއި ގާނޫނު އަސާސީގެ ހިމާޔަތުގައި ކުރެވޭ ހުރިހާ މަސައްކަތެއް ކުރުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ވާހަކަ ޖޭޕީ އަދި އެމްޑީޕީ މެމްބަރުންނަށް ޔަގީންކޮށް އަރުވާކަމަށެވެ.

އަދި ގާސިމް އިބްރާހިމްއާއި ޗަމްޕާ މުހައްމަދު މޫސާ ބައްދަލުކުރެއްވީ މީގެ ކުރިންވެސް އެ ދެބޭފުޅުން ބައްދަލުވާފަދައިން ރަހުމަތްތެރި ކަމުގެ ގޮތުން ކަމަށާއި އެ ބައްދަލުވުމަށް އަދީބު ވަޑައިގެންނެވީ ޗަމްޕާ މުހައްމަދު މޫސާއާ ބައްދަލު ކުރައްވަން ކަމަށްވެސް ޖޭޕީގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް