ފިހާރައިގެ ދޮރުމަތީގައި ތިބި ބަޔަކާ ދިމާލަށް ފިހާރައިގެ ސޭޓަށް ބަލާލެވުނު ގޮތް ގޯސްވުމުން "ލުއުލުއު" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ މުރަނގަ މަގުގައި ހުންނަ "ލުއުލުއު" ފިހާރައިގެ ކުރިމަތިން ސައިކަލެއް ވެއްޓުމުން ފިހާރައިގެ ދޮރު ހުޅުވާފައި ސޭޓު ބޭރު ބަލާލީ ކަމަށެވެ. އަދި އޭރު ފިހާރައިގެ ކުރިމަތީގައި ތިބި ބަޔަކު ސޭޓާ ޒުވާބުކުރީ "ފާޑަކަށް ދޮރު ހުޅުވާފައި" ބަލަން ނުޖެހޭ ކަމަށްބުނެ ކަމަށް މަންޒަރު ދުއް މީހާ ކިޔާދިނެވެ.
"ފުރަތަމަ ޒުވާބުކޮށްކޮށްފަ ދިޔައީ، އަނެއްކާ އިރުކޮޅަކުން ފިހާރަ ތެރެއަށް ގްރޫޕަކުން ވަދެ އުޅުމަށްފަހު ފިހާރައިން ބޭރަށް ނިކުމެ ފިހާރައިގެ ދޮރުގައި ފައިންޖަހާ ދޮރުގެ ބިއްލޫރިގަނޑު ތަޅާލީ، ބިއްލޫރިގަނޑު ތަޅާލި މީހާހުރީ ހަމައިގަ ކަމަށް ނުބެލެވޭ" މަންޒަރު ދުއް މީހާ ކިޔައިދިނެވެ.
ދުވަހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ލުއުލުއު" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ މިރޭ 10:40 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް