ކުރީގެ މިނިސްޓަރު މަލީހް ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހަށް ވަރުގަދަ ބަސްތަކެއް އަމާޒުކޮށްފިއެވެ.
މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފަލާހް ރައީސް ޔާމީންގެ ވާހަކަފުޅު ދައްކަވަންވާނީ ފުރަތަމަ ސްކޫލަށް ގޮސް ކިޔަވައިގެން ކަމަށެވެ.
"ތައުލީމު ނެތި އަދި އަހްލާގުނެގި އޮއެ ކާއްޓެއްހެން މަޖިލީހުގަ އެނބުރުނަސް މީހަކަށް ނުވާނެ، މަނިކުފާނު ނެތޭ ގްރޭޑް ހައެއްގެ ފެންވަރު، އަނެއްކާ މި ޖެހުނީ އަސާސީ ކްލާސް ފަށަން" މަލީހް ވިދާޅުވެފައިވެއެވެ.
މަލީހް މިހެން ވިދާޅުވެފައިވާއިރު ފަލާހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒުއަކީ މި ގައުމު ދުއް އެންމެ އަމާނާތްތެރި ރައީސް ކަމަށާއި ރައީސް ޔާމީނަކީ މި ފަހުގެ ތާރީހުގައި މި ގައުމު ދުއް އެންމެ ބޮޑު މަކަރުވެ ހިޔާނާތްތެރި ވެރިޔާ ކަމަށެވެ. އަދި ކުރެއްވި ކަންކަން އޮއްބާލަން އުޅުއްވިނަމަވެސް އިންސާފު އަރާ ހަމަކުރާނެ ކަމުގައިވެސް ފަލާހް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް