ހަގް އެލް ލެއިލާ: ރޯދައިގެ ކުރިން ޔޫއޭއީގައި ކުޑަ ކުދިންނަށް އަންނަ ޢީދެއް

1446 ވަނަ އަހަރުގެ ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މުސްލިމު އެކި ގައުމުތަކުގައި ތަފާތު އެކި ކަންކަން ކޮށް އުޅެއ...

03 Feb 2025 | 16:32

1446 ވަނަ އަހަރުގެ ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މުސްލިމު އެކި ގައުމުތަކުގައި ތަފާތު އެކި ކަންކަން ކޮށް އުޅެއެވެ.

އެގޮތުން މިސްރުގައި މަގުތައް ފާނޫޒުން ދިއްލާލާއިރު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައިވެސް ވަރަށް ތަފާތު ކަމެއް ކުރެއެވެ.އެއީ ހަގް އެލް ލެއިލާ ފާހަގަ ކުރުމެވެ. މިއީ ރޯދައިގެ ކުރިން ކުޑަކުދިންނަށް އަންނަ ޢީދެކޭވެސް ބުނެވިދާނެއެވެ.

މިކަން ފާހަގަކުރަނީ ޝަޢުބާން މަހުގެ 15 ވަނަ ދުވަހުގެ ރޭ އިރާކޮޅު ވަގުތުގައެވެ. ފާހަގަކުރާ ގޮތަކީ ރަށުގެ ތަންތަން ޒީނަތްތެރިކޮށް ދިއްލާލުމަށްފަހު ކުޑަކުދިން ކުޅެ މަޖާކޮށްލަން ބޮޑު މާހައުލެއް ހުޅުވާލުމެވެ.

https://www.youtube.com/watch?v=cw8V2AZQt-I

އެ ރޭ އިރާކޮޅު ކުޑަކުދިން ނިކުންނަނީ އެއް ފަރާތައް އޮންނަ ވައްތަރުގެ އަތް ދަބަސް ނޫނީ މުގޮށިފަދަ އެއްޗެއް ހިފައިގެންނެވެ. ކުދިން ގްރޫޕް ހަދާފައި ގޭގެއަށް ގޮސް ޓަކި ޖަހައި، އެކުދިންގެ ހުނަރު ކޮންމެވެސް ގޮތަކުން ދައްކާލައެވެ. އަދި އެކުދިންގެ ހުނަރަށް ތައުރީފުކޮށް އެކުދިން އުފާކޮށްދިނުމުގެ  ގޮތުން އެކުދިންގެ ދަބަހަށް އެ ގޭގެއިން މެޓައާއި ބަދަން އަޅާދެއެވެ.

ތިރީގައި މިވާ ލަވައަކީ މި ފެސްޓިވަލަށް ކުރިން ހަދާފައިވާ ލަވައެކެވެ. މި އަހަރުވެސް އެކުވެރި އަރަބި އމާރާތުގައި މި ހަފްލާ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

https://www.youtube.com/watch?v=kPRbkiasXOM

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް