ފައިސަލްއަކީ ރޮލާ ހުރި ކައްޓަލައެއް، ޓޫރިޒަމް މިނިސްޓަރަކަށް ކޮލިފައިއެއް ނުވޭ: ރައީސް ޔާމިން

ކުރީގެ ރައީސް ޔާމިންގެ ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝެނަލްސް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އަށް ބަހުގ...

03 Feb 2025 | 14:28

ކުރީގެ ރައީސް ޔާމިންގެ ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝެނަލްސް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އަށް ބަހުގެ ހަމަލާތަކެއް ރައީސް ޔާމިން ފޮނުވައިފިއެވެ.

މިއަދު ހަވީރު ޕީއެންއެފް އޮފީހުގައި ބޭއްވުނު އެ ޖަލްސާގައި ރައީސް ޔާމިން ވަނީ ފައިސަލް އަކީ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ކޮލިފައިވާ މީހެއް ނޫން ކަމަށް ވިދާޅުވެފައެވެ. މިސާލެއްގެ ގޮތުން ރައީސް ޔާމިން ވިދާޅުވީ ރައީސް ޔާމިން ވިދާޅުވީ އެއީ ރައީސް ޔާމިން ފަދަ ޖަމީލް ފަދަ ބޭފުޅަކު ލަވަ ކިޔުމުގެ މުބާރާތެއްގައި ބައިވެރުވުން ކަހަލަ ކަމެއް ކަމަށެވެ. އެފަދަ ކަމެއްގައި ރައީސް ޔާމިން ފަދަ ބޭފުޅަކު ބައިވެރިވުމަކީ ފަންނީ ކުދިންނަށް ކުރައްވާ ޖެއްސުމެއް ކަމުގައި އެކުދިން ބުނާނެ ކަމަށެވެ.

"އެހެންވީމަ މިހެން ހުރި ރޮލާ ހުރި ކައްޓަލައެއް ގެނެސްފަ، މިކަން ކުރަން ޖެހޭނީ މިގޮތަށޭ ކިޔާފަ މަޖުބޫރު ކޮށްގެން ޓޫރިޒަމް މިނިސްޓަރުކަން ދިނީމަ، އައި ހޭވް އަ ހިއުޖްަ އިޝޫ ވިތް އިޓް. އަޅުގަނޑު ވާހަކަ މިދައްކަނީ ވަރަށް ދެތު ބަހުރުވައިން، ވއޭނަ ކޮލިފައިއެއް ނުވޭ އެ ޖޮބަކަށް. އަދި ހަމަސް ދުވަހުގެ އެލް ބޯޑު ޖަހައިގެން އުޅުނަކަސް ކޮލިފައިއެއް ނުވޭ އިނގޭތޯ" ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެއިތުރުން ޔާމިން ވިދާޅުވީ، އެއީ ހަމަ ގޯސް ނިންމެވުމެއް ކަމަށާއި އެ މައްސަލަ ރައީސް މުއިއްޒާއި ހަމައިން އެބައޮތް ކަމަށެވެ. އަދި އެ ގޯހަކީ ރައީސް ޑރ މުއިއްޒު ހެއްދެވި ގޯހެއް ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޔާމިން ވަނީ ރައީސް ޑރ މުއިއްޒު އަދި ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅިގެންވެސް މިފަދަ ވާހަކަތަކެއް މިއަދުގެ ޖަލްސާގައިވެސް ދައްކަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް