ދިވެހި ފުލުހުންގެ ވިޔަފާރި ކުންފުނި (ޕޮލިސް ކޯޕަރޭޓިވް ސޮޝައިޓީ) ޕޮލްކޯއަށް އޭސީސީއިން ވަދެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ޕޮލްކޯ ފްލެޓްތަކާ ގުޅޭ ތަޙްޤީޤަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެ ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީހަށް އޭސީސީއިން މިއަދު ވަދެފައިވާއިރު ޕޮލްކޯއިން ކުރިއަށްގެންދިޔަ "ބްލޫސް ހައުސިންގ" މަޝްރޫޢުގައި ގިނަ މައްސަލަތަކެއް ހުރިކަމުން އޮޑިޓު އޮފީހުން ނިމިދިޔަ ހަފްތާގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓްރިޕޯޓްގައިވާގޮތުގައި އެ މަޝްރޫޢަށް އެކުޖުމްލަ ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފައިވާއިރު 335 މިލިޔަން ރުފިޔާގެ ގެއްލުން އެ މަޝްރޫޢުއިން ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް