"ހިންތާ" މިހާރު ވީޑިއޯކްލަބުން ބަލައިލެވޭނެ

ޖަނަވަރީ މަހުގެ 22ވަނަ ދުވަހު ދޫކޮށްލި ޓްރެއިލާއަށްފަހު ގިނަ ބަޔަކު ޝައުގުވެރިކަމާއެކު އިންތިޒާރު ކުރަމުން އައި ދިވެހި ސީރީޒް "ހިންތާ" ބެލުންތެރިންނަށް މިހާރު މީޑިއާނެޓުގެ ވީޑިއޯކްލަބް ބެދުވެރިކޮށް ބަ...

03 Feb 2025 | 10:05

ޖަނަވަރީ މަހުގެ 22ވަނަ ދުވަހު ދޫކޮށްލި ޓްރެއިލާއަށްފަހު ގިނަ ބަޔަކު ޝައުގުވެރިކަމާއެކު އިންތިޒާރު ކުރަމުން އައި ދިވެހި ސީރީޒް "ހިންތާ" ބެލުންތެރިންނަށް މިހާރު މީޑިއާނެޓުގެ ވީޑިއޯކްލަބް ބެދުވެރިކޮށް ބަލާލެވޭނެއެވެ.

ކޯޕަރޭޓް ތްރިލާރ ޖޮންރާގެ މި ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑު މިހާރުވަނީ ވީޑިއޯކްލަބުގައި ރިލީޒްކޮށްފައެވެ. ބެލުންތެރިންނަށް ހަދިޔާއެއްގެ ގޮތުން މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު ބެލުންތެރިންނަށް ހިލޭ ބަލާލެވޭނެއެވެ.

އެމް އޮރިޖިނަލްސް ބޭނަރގެ ދަށުން ތައްޔާރުކުރާ މި ސީރީޒްއަކީ "އެއްކާފް" ގެ ޕްރޮޑަކްޝަނެކެވެ އަދި ޑައިރެކްޓްކޮށްފައިވަނީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަޙްމަދު ޒަރީރެވެ.

މި ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާނީ ޔުމްނާގެ ރޯލުން އާއިޝަތު ރާއިޝާ އަދި ޝިޔާޒްގެ ރޯލުން ސާމީ ހުސެއިންއެވެ. މިއީ މި ދެ ތަރިންވެސް އެމް އޮރިޖިނަލްސްގެ ސީރީޒްއެއްގެ ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ފިލްމީ ދާއިރާގައި މަޝްހޫރު ނަންތައް ކަމުގައިވާ ހަސަން މަނިކު، މުހައްމަދު މަނިކު، އިފްނާޒް ފިރާގް، ރަޝްފާ ފާރޫގް އަދި ތާތި އާދަމްވެސް އެކި ރޯލުތަކުން ފެނިގެންދާނެއެވެ.

މި ސީރީޒް އެކުލެވިގެންވަނީ ޖުމްލަ 10 އެޕިސޯޑުގެ މައްޗަށެވެ. މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާރވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލާލެވޭނެއެވެ. އަދި އެމް އެސް ގްލޯބަލްއާއި އެމް އެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް މި ސީރީޒް ބަލާލެވޭނެއެވެ. ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ އަށް ނަގާލުމުން ބަލާލެވޭނެއެވެ. އަދި ފޯނު މެދުވެރިކޮށް އެންމެ 50ރ ގެ ޕެކޭޖަކުން މި ސީރީޒް ބަލާލެވޭނެއެވެ.

"ހިންތާ" ގެ އިތުރުންވެސް ދާދި ފަހުން ރިލީޒްކުރި ސީރީޒް "ރޯލީމޭ" އަދި އެހެނިހެން ގިނަގުނަ ދިވެހި، ހިންދީ، އިނގިރޭސި، ކާރޓޫން އަދި އެހެނިހެން ފިލްމާއި ސީރީޒް ވީޑިއޯކްލަބްގެ ކޮންޓެންޓް ލައިބްރަރީގައި ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް