ރައީސް މުއިއްޒަކީ މި ޤައުމު ދުއް އެންމެ އަމާނާތްތެރި ރައީސް- ރައީސް ޔާމިން އަކީ އެންމެ ބޮޑު މަކަރުވެރި ހިޔާނާތްތެރިޔާ: ފަލާހު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ މި ޤައުމު ދުން އެންމެ އަމާނާތްތެރި ރައީސް ކަމަށް ޕީއެންސީ ޕީޖީ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސް...

03 Feb 2025 | 09:30

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ މި ޤައުމު ދުން އެންމެ އަމާނާތްތެރި ރައީސް ކަމަށް ޕީއެންސީ ޕީޖީ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ފަލާހް މިހެން ވިދާޅުވީ ޕީއެންއެފްގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް އަބްދުއްﷲ ޔާމިން ދެއްކެވި ވާހަކައަކާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. ރައީސް ޔާމިން ވިދާޅުވީ ރައީސް މުއިއްޒަކީ ސިޔާސީ ޕާޓީގެ ތެރެއިން މަނީ ލޯންޑަރ ކުރާ ހަމައެކަނި ރައީސް ކަމުގައެވެ.

މިކަމަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ ރައީސް ޑރ މުއިއްޒަކީ މި ޤައުމު ދުއް އެންމެ އަމާނާތްތެރި ރައީސް ކަމަށާއި، ރައީސް ޔާމިން އަކީ މިފަހުގެ ތާރީހުގައި މި ގައުމު ދުއް އެންމެ ބޮޑު މަކަރުވެރި، ހިޔާނާތްތެރިޔާ ކަމަށެވެ.

"ކުރެވުނު ކަންކަން އޮއްބާލަން ނޫޅުއްވާ! އިންސާފު އަރާ ހަމަ ކުރާނެ" ފަލާހު ވިދާޅުވިއެވެ.

ރައީސް ޔާމިން އަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް