މިއަހަރު ތެރޭ އިންޑިޔާއިން ރާއްޖެއަށް ތިން ލައްކަ ފަތުރުވެރިން ގެނައުމަކީ އަމާޒެއް ކަމުގައި މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއިން ބުނެފިއެވެ.
2019 އިން ފެށިގެން ރާއްޖެއަށް އިންޑިއާ ފަތުރުވެރިން ވަނީ އިތުރުވެފައެވެ. 2020-2023 ވަނަ އަހަރަކީ ުް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނިފައިވާ އަަހަރުތަކެކެވެ. އެހެންނަމަވެސް، ފާއިތުވި ތިން އަހަރު މި އަދަދު ވަނީ ދަށްވެފައެެވެ.
2021-2024އަށް އިންޑިއާގެ ފަތުރުވެރިން ޒިޔާރަތް ކުރި މިންވަުރު:
- 2021: 291,787
- 2022: 241,361
- 2023: 209,100
- 2024: 130,328
އެމްއެމްޕީއާރުސީއިން 2024 ގައި 300,000 އިންޑިއާ ފަތުރުވެރިން ގެނައުމަށް އަމާޒުކޮށް، އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފަވެއެވެ.މީގެ ތެރޭގައި ސަމަރ ކެމްޕެއިން، އެއަރލައިންތަކާއެކު ކެމްޕެއިންތައް، އަދި ޓުއަރ އޮޕަރޭޓަރުންނާއެކު ޕާޓްނަރޝިޕްތައް ހިމެނެއެވެ.
އިންޑިއާއިން މިއަހަރުތެރޭ ތިން ލައްކަ ފަތުރުވެރިން ގެނައުމަށް އެމްއެމްޕީއާރުސީއިން އަމާޒު ހިފާފައިވާއިރު އެޤައުމުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އެމްއެމްޕީއާރުސީއިން ވިދާޅުވީ އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެއްކަމަށެވެ. އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެތެރޭގައި ސަމަރ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއެކު ޕާޓްނަރޝިޕްތައް ޤާއިމުކުރުން ހިމެނޭކަމަށް އެމްއެމްޕީއާރުސީއިން ބުނެފައިވެއވެ.
ދިވެހިރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން ޒިޔާރަތްކުރުން އިތުރުވަމުންދާއިރު، އެމްއެމްޕީއާރުސީއިން ދަނީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ މިންވަރު ދެމެހެއްޓުމަށްޓަކައި، ޚާއްޞަ ތަޖުރިބާތަކެއް ފަރުމާކުރުމަށާއި އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިއަހަރުގެ މިހާތަނަށް 10,518 އިންޑިއާ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައިކަމަށް ފަތުރުވެރިކަމާ ބެހޭ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެެވެ. އެގޮތުން އިންޑިއާއަކީ ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް