ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަރަންމަންޓް މިނިސްޓްރީ އުފެއްދުމުން ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ފާތިމަތު ޝައުފާގެ މަގާމު ގެއްލިއްޖެއެވެ.
ލ. ފޮނަދުއަށް ނިސްބަތްވާ ޝައުފާ އެ މަޤާމަށް އައްޔަންކުރީ ނިމުނު ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހުގައެވެ.
ޝައުފާ އެ މަޤާމުން ވަކިކޮށްފައިވާއިރު ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރުކަމުގައި ހުންނެވި އިބްރާހިމް ފައިސަލް މަގާމުން ވަކިކޮށް އެ ވުޒާރާ މިހާރު ވަނީ ތިމާވެއްޓާއިބެހޭ ވުޒާރާއާއި އެއްކޮށްލައި ފަތުރުވެރިކަމާއި އަދި ތިމާވެއްޓާ ބެހޭ ވުޒާރާގެ ނަމަށް ބަދަލުކޮށް އެ ވުޒާރާގެ ވަޒީރު ކަމަށް ޠާރިޤު އިބްރާހިމް އައްޔަންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް