މާލޭގައި ފިހާރަޔަކުން ވިޔަފާރިއެއްކޮށް ފޭކު ސްލިޕެއް ފޮނުވި މައްސަލައެއްގައި ބަޔަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ވީޑިއޯ އިން ފެންނަ މީހުންނަކީ ވިލިމާލެ ޕޮލިހުން ތަހުގީގުކުރަމުންދާ، 2024 ޑިސެންބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފަރކުރިކަމުގެ ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުން ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް