އުތުރުގެ ރަށެއްގައި ފިރިހެނަކު، ފިރިހެން ކުދިންތަކެއް ފަޅު ރަށަކަށް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ފިރިހެން މީހާއަކީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. ފަޅު ރަށަކަށް ގެންގޮސް ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ހަތަރު ކުއްޖަކަށެވެ.
ފުލުހުންނާއި ސޯޝަލް މިނިސްޓްރީން މި މައްސަލަ ބަލަމުން އަންނައިރު ފުލުހުން ބުނެފައިވަނީ މި މައްސަލައިގާ ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ. ނަމަވެސް ސޯޝަލް މިނިސްޓްރީން ބުނެފައިވަނީ އެފަދަ މައްސަލައެއް ފުލުހުންނާއި ގުޅިގެން ބަލަމުން އަންނައިރު އެ ކުދިންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ދެމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް