ރިސޯޓެއްގެ ރީޖަނަލް މެނޭޖަރަށް ހަމަލަ ދީފި

ލާމު އަތޮޅުގައި ހިންގަމުން އަންނަ ސިކްސް ސެންސް ލާމު ރިސޯޓުގެ ރީޖަނަލް މެނޭޖަރަށް ހަމަލައެއް ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ލާމުގައި ހިންގާ ...

03 Feb 2025 | 05:43

ލާމު އަތޮޅުގައި ހިންގަމުން އަންނަ ސިކްސް ސެންސް ލާމު ރިސޯޓުގެ ރީޖަނަލް މެނޭޖަރަށް ހަމަލައެއް ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ލާމުގައި ހިންގާ ރިސޯޓެއްގައި އެ ރިސޯޓުގެ އިސް މަގާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް