ޑިމޮކްރެޓްސްގެ ޓިކެޓު އައިކޮ އަދި ފިރުޝާން ކާމިޔާބުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރުމަށް މިއަދު ބޭއްވި ޕްރައިމަރީ މުޙައްމަދު ސައިފް ފާތިޙް (އައިކޮ) އަދި ހުސެއިން ފިރުޝާން ކާމިޔާބު ކުރައްވައިފިއެވެ. ...

03 Feb 2024 | 14:10

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރުމަށް މިއަދު ބޭއްވި ޕްރައިމަރީ މުޙައްމަދު ސައިފް ފާތިޙް (އައިކޮ) އަދި ހުސެއިން ފިރުޝާން ކާމިޔާބު ކުރައްވައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން އާއްމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރުމަށް ޑިމޮކްރެޓްސްގެ ޓިކެޓު އައިކޮ ކަށަވަރުކޮށްފައިވަނީ 15 ވޯޓުންނެވެ. އެ ދާއިރާއަށް ދެން ވާދަކުރެއްވި އަހުމަދު އަސްވަން ނުޢުމާން އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރުމަށް ޑިމޮކްރެޓްސްގެ ޓިކެޓު ފިރުޝާން ކަށަވަރުކޮށްފައިވަނީ 74 ވޯޓާއެކުއެވެ. އެ ދާއިރާއަށް ދެން ވާދަކުރެއްވި ހަސަން އަގީލް އަށް 27 ވޯޓު ލިބިވަޑައިގެންނެވި އިރު، މުހައްމަދު ފައިސަލް އަށް ލިބިވަޑައިގަތީ 26 ވޯޓެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން 41 ދާއިރާއަކަށް ޖުމްލަ 46 ކެނޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ 13 އަންހެން ކެނޑިޑޭޓުންނާއި 33 ފިރިހެން ކެނޑިޑޭޓުންނެވެ.

އެ ޕާޓީ އިން އެއް ކެނޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓު ވަނީ ކަށަވަރުވެފައެވެ. ދަ ޑިމޮކްރެޓްސް އިން ބުނީ އެ ފަރާތްތަކަށް ޕާޓީގެ ޓިކެޓު ހަވާލުކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް