އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަދު ހަވީރު ހުޅުމާލެ ފޭޒް ދޭއްގައި ކުޑަކުދިންގެ ހަވީރަކާއެކު ރޯޑް އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހަވީރު ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 04:00 އިން 06:00 އަށް ފޭޒް ދޭއްގެ ހިޔާ ޓަވަރު ހަތަކާއި ޓަވަރު 11 އާއި ދެމެދުގައި އޮންނަ ހިޔާ ޕާކު ގްރައުންޑް ސަރަހައްދުގައެވެ.
އިލެކްޝަންސް އިން ބުނެފައިވާގޮތުގައި މި ހަރަކާތްތަކަކީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ރައްޔިތުންނަށް ދިނުމުގެ ގޮތުންނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތްތަކެކެވެ.
އިއްޔެ މިފަދަ ހަވީރެއް މާލޭ އާޓިފިޝަލް ބީޗުގައިވެސް އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވެއެވެ.
މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2024 ފެބުރުވަރީ 01 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2024 ފެބުރުވަރީ 7 ވާ ބުދަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް