ގެވެށި އަނިޔާގެ މައްސަލަތައް އަވަސްކުރުމަށް ކޯޓަށް އޮޓޮމެޓިކުން ސިޓީ ފޮނުވޭ ގޮތް ހަދައިފި

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް އެދި ކޯޓަށް އެޓޮމެޓިކުން ސިޓީ ފޮނުވޭ ގޮތް ހަދާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގް އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުން ބުނީ މިއީ ގެވެށި އަނިޔާގެ ...

03 Feb 2024 | 10:11

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް އެދި ކޯޓަށް އެޓޮމެޓިކުން ސިޓީ ފޮނުވޭ ގޮތް ހަދާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ މިއީ ގެވެށި އަނިޔާގެ އަމަލުތަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފް ގާއިމްކޮށްދިނުމަށާއި، އަނިޔާގެ ޝިކާރައަށްވާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ޕީޖީ އޮފީހުން ދައުވާކުރާ ގެވެށި އަނިޔާއާއި ގުޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި، ވީ އެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދީ، މެދުކެނޑުމެއް ނެތި މައްސަލައިގެ ޝަރީއަތް ހިންގައިދީ، މައްސަލަ ނިންމައިދިނުމަށް އެދި އެ މައްސަލައެއް ހުށަހަޅާ ކޯޓަށް ޕީޖީ އޮފީހުން އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ވަނީ ފަށާފައެވެ.

"އެ މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއް ކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެ ސިޓީ މިހާރު ދަނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުން. މައްސަލަ ލަސްވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެ މުއާމަލާތްތައް ފެންނަން ހުންނާނެ." ޕީޖީ އޮފީހުން ބުނީ މީގެ ބޭނުމަކީ ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ކޯޓުތަކަށް ބާރުއެޅުން ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހަކީ ޓެކްނޮލިޖީގެ ކުރިއެރުންތަކަށް އިސްތިރާތީޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯދަމުން އަންނަ މުއައްސަސާއެއްކަމުން، މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެ ދުވަސްތަކުގައި މައްސަލައަށް ވީ ގޮތް އެ އޮފީހުން ބެލޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައި ވާނެ ކަމަށެވެ. އޭގެ ބޭނުމަކީ ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ އިންސާފު ހޯދައިދިނުމުގައި ދައުލަތުން ކުރާ މަސައްކަތްތައް އޭނާއަށް އަންގައިދީ، އޭނާގެ ބައިވެރިވުންވެސް މިކަމުގައި އިތުރު ކުރުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ އޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް