އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ދަ ޑިމޮކްރެޓްސް ގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ. އެމްޑީޕީ އިން ބުނީ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ...

03 Feb 2024 | 07:25

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ދަ ޑިމޮކްރެޓްސް ގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީ އިން ބުނީ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށެވެ. ޑިމޮކްރެޓްސްގެ ވޯޓުލުން ކުރިއަށްދާނީ ހެނނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ޖަމާލުއްދީން ސްކޫލް އަދި މަޖީދިއްޔާ ސްކޫލްގައެވެ. ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށި ހިޔާ ފްލެޓް ސަރަހައްދުގެ ކާމިލް ދީދީ ސްކޫލްގައި ބަހައްޓާފައި ހުރިއިރު، އިތުރު ދެ ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވަނީ މުހައްމަދު ގާސިމް ޕްރީސްކޫލްގައެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި 149 ކެނޑިޑޭޓުން ވާދަކުރާއިރު، ވޯތު ދިނުމުގެ ހައްގު 25,325 މީހުންނަށް ލިބިގެންވާ ކަމަށް އެ ޕާޓީ އިން ބުނެއެވެ.

ދަ ޑިމޮކްރެޓްސް ގެ ވޯޓުފޮށިތައް ބަހައްޓާފައިވަނީ ހައުސް އޮފް ޑިމޮކްރެޓްސް ހަރުގެއާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގައެވެ. ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ޕްރައިމަރީ ބާއްވަނީ ފަސް ދާއިރާއެއްގައެވެ.

ރައްޔިތުންގެ މަޖިލިސް އިންތާހު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް