އުރީދޫ މޯލްޑިވްސް އިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ނިންމައިފި އެވެ.
އުރީދޫގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ދޭނެ މިންވަރު ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމަކުންނެވެ.
އުރީދޫން ބުނީ މިދިޔަ އަހަރުގެ ހިއްސާ ލިބޭނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށް ކަމަށެވެ.
އަދި ކުންފުނީގެ ބޯޑު ބައްދަލުވުމުގައި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ވެސް ވަނީ ފާސްކޮށްފައި ކަމަށާއި އެ ހިސާބުތައް މިމަހުގެ ހަތްވަނަ ދުވަހުގެ ކުރިން ޝާއިއު ކުރާނެ ކަމަށް އުރީދޫން ބުނެފައި ވެއެވެ.
އުރީދޫ މޯލްޑިވްސްގެ 90.5 އިންސައްތަ ހިއްސާދާރަކީ ވަތަނިއްޔާ އިންޓަނޭޝަނަލް އެވެ. އަދި 5.64 އިންސައްތަ ހިއްސާދާރަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ. މީގެ އިތުރުން 3.86 އިންސައްތަ ހިއްސާދާރުންނަކީ އެހެނިހެން ފަރާތްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް