ޕުޝްޕާ އިން "އިންސްޕަޔަރ" ވެ "ލާލް ޗަންދަން" ބޭރުކުރަން އުޅުނު މީހަކު އަތުލައިގެންފި

އައްލޫ އަރްޖޫން ކުޅެފައިވާ ތެލެގޫ ފިލްމު "ޕުޝްޕާ" ބަލާފައި "ލާލް ޗަންދަން" އިންޑިއާއިން ވަގަށް ބޭރުކުރަން އުޅުނު މީހަކު ފުލުހުން އަތުލައިގެންފިއެވެ. އަތުލައިގެންފައިވަނީ މަހަރާސްތުރާއަށް ނިސްބަތްވާ ޔާ...

03 Feb 2022 | 16:37

އައްލޫ އަރްޖޫން ކުޅެފައިވާ ތެލެގޫ ފިލްމު "ޕުޝްޕާ" ބަލާފައި "ލާލް ޗަންދަން" އިންޑިއާއިން ވަގަށް ބޭރުކުރަން އުޅުނު މީހަކު ފުލުހުން އަތުލައިގެންފިއެވެ.

އަތުލައިގެންފައިވަނީ މަހަރާސްތުރާއަށް ނިސްބަތްވާ ޔާސީން އިނާޔަތުﷲ ނަމަކަށް ކިޔާ މީހެކެވެ.

އިންޑިއާ ފުލުހުން ބުނެފައިވާގޮތުގައި ޔާސީން އަތުލައިގަތީ ކަރްނާޓަކާ އަދި އަންދުރަޕްރަދޭޝް ގުޅޭ ބޯޑަރާއި ހަމައިންނެވެ.

އިންޑިއާގެ މީޑިއާ ބުނާގޮތުގައި ޔާސީން މިކަން ކުރަން އުޅުނީ ޕުޝްޕާ ފިލްމުން "އިންސްޕަޔަރ" ވެގެންނެވެ. ޔާސީން ބޭރު ކުރަން އުޅުނު ލާލް ޗަންދަންގެ އަގު 2.45 ކަރޯޑަށް އަރާނެކަމުގައިވެސް ބުނެފައިވެއެވެ.

ފިލްމު ޕުޝްޕާގައި ލާލް ޗަންދަން ވަގަށް އިންޑިއާއިން ބޭރުކުރުމަކީ އައްލޫ އަރްޖޫން ހިމެނޭހެން އެ މީހުންގެ "ސިންޑިކޭޓުން" ހިންގި ވަގު ވިޔަފާރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް