އެސްޓީއޯގެ ގެ ސީީއެސްއާރު ގެ ދަށުން ށ. ކޮމަންޑޫ ސިއްހީ މަރުކަޒަށް ކުލައާއި ދަވާދު ހަދިޔާކޮށްފިއެވެ.
ކޮމަންޑޫ ސިއްހީ މަރުކަޒުން ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެމަރުކަޒުގެ އެތެރެއާއި ބޭރުގެ ކުލަ އައު ކުރުމަށް ބޭނުންވާ ކުލައާއި ދޮރުތަކާއި ދޮރުފަތްތަކުގައި ލުމަށް ބޭނުންވާ ދަވާދު އެސްޓީއޯގެ ފަރާތުން އިއްޔެ އެމަރުކަޒަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގައި ވޯޓުލުން އަންނަ ހޮނިހިރު ދުވަހަށް ހަމަޖެހިފައިވާއިރު އެ ދާއިރާ އަށް ވާދަ ކުރާ ތިންޕާޓީން ވެސް ދަނީ ފޯރިގަދަ ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ކޮމަންޑޫ ސިއްހީ މަރުކަޒަަށް އެސްޓީއޯ އިން ކުލަ އާއި ދަވާދު ހަދިޔާ ކޮށްފައި ވާއިރު، ފެނަކައިން ވެސް މިދިޔަ ހަފްތާގައި ވަނީ އެރަށު ސްކޫލަށް ޓީވާއަކާއި އޭސީ އެއް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން އެ ދާއިރާގެ ރަށްތަކަށް ސަރުކާރުން މި ފަހުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން އިއުލާނުކޮށްފައި ވެއެވެ.
https://web.facebook.com/komandoohealthcenter/
އެގޮތުން ދެ ކޮމަންޑު ގުޅާލުމާއި، ފުޓްސަލް ދަނޑުތައް ހެދުމާއި، ބަނދަރުތައް އަޕްގްރޭޑް ކުރުމާއި، އެ ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ އެޅުމާއި ކޮމަންޑުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމާއި، ކޮމަންޑޫ ކައިރި ތިން ރަށުގައި ރިސޯޓު ހެދުން ހިމެނެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް ވާދަކުރައްވާ އިރު، އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.
މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް