ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން72 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު ފަހު 2:05 ގައި އެވެ.
މަރުވި އިރު ފަރުވާ ދެމުންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ. މިއީ މިމަހު ކޯވިޑްގައި މަރުވި ހަތަރު ވަނަ މީހާ އެވެ.
އިއްޔެ ދެމީހުން މަރުވެފައިވާއިރު މިމަހުގެ ފުރަތަމަ ދުވަހުވެސް ކޯވިޑް ޖެހިގެން މީހަކު މަރުވެފައިވެ އެވެ.
ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 280 އަށް އަރާފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން މިހާތަނަށް 143،202 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން17،721 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ބަލިން ރަނގަޅުވެފައިވަނީ 125،190 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް