އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ދެވޮލީނާ ބައްޓަޗަރްޖީ އާއި ވިޝާލް ސިންގްގެ އަސްލެއްނެތް އެންގޭޖްމެންޓުވެ ވާހަކަ އެންމެ ފަހުން އެމީހުން ހާމަކޮށްދީފި އެވެ.
މި ދެތަރިންނަކީ ސްޓާ ޕްލަސްއިން ދެއްކި މަޝްހުރު ސިލްސިލާ "ސާތް ނިބާނާ ސާތިއާ" ގައި ކޯޕީ އާއި ޖިގަރުގެ ރޯލުން ފެނިގެން ދިޔަ ދެމީހުންނެވެ. ދެމީހުން ކައިވެންޏަށް ތައްޔާރުވެ އެންގޭޖުވިކަން ހާމަކުރީ އިއްޔެ އިންސްޓަގްރާމްގައި ގައި ފޮޓޯތަކެއް ހިއްސާ ކުރުމަށް ފަހު އެވެ.
ޖިގަރު މާބޮނޑިއެއް ގޯޕީއަށް ދޭ ފޮޓޯ އަކާއި އެކު ދެން ހިއްސާ ކޮށްފައިވަނީ އަނގޮޓި އަޅުވާ ފޮޓޯއެކެވެ. އެވަރުން ނިންމާލީކީ ނޫނެވެ. އަނގޮޓި އަޅުވަން ވިޝާލް އޭނާއަށް ސްޕްރައިޒެއްގެ ގޮތުގައި އެގެއަށް ދާ ވީޑިއޯވެސް އާންމުކޮށްފައިވެ އެވެ.
އަދި ބުނެފައިވަނީ އެއީ ރަސްމީވުން ކަމަށެވެ. އަދި ދެމީހުން ދެމީހުން ދެކެ ލޯބިވާ ކަމަށް އިންސްޓަގްރާމްގައި ބުނެފައިވެ އެވެ. މިއާއި އެކު ގިނަ ބަޔަކު އަދި އިންޑިއާ މީޑިއާއިން ވަނީ އެދެމީހުން އެންގެޖްވިކަމަށް ގަބޫލު ކޮށްފަ އެވެ. އަދި ނުސްތަކުގައި ހަބަރުވެސް ޖަހާފައިވެ އެވެ.
އިއްޔެ ހަތަރު ދަމު ނޫސްތަކުގައި އޮތީ އެވާހަކަ އެވެ. ދެވޮލީނާއަށް އެކަން އުފަލަކަށްވެ ޓްރެންޑިންގައި އުޅޭ ނަންތަކުގެ ތެރޭގައި އޭނާ ހިމެނުމުން ސްޓޯރީގައިވެސް އެކަން ހިއްސާކޮށްފަވެ އެވެ.
https://www.instagram.com/p/CZeQIyFJnxJ/
އޭގެ ފަހުން ރޭގެ ވަގުތެއްގައި ދެމީހުން އިންސްޓަގްރާމް ލައިވްގައި ބުނެފައިވަނީ އެއީ ދެމީހުންގެ ލަވައެއްގެ ޕްރޮމޯޝަން ކަމަށެވެ. އެ ލައިވަ ފެނިގެންދާނީ ލޯތްބާއި ކައިވެނީގެ ވާހަކައަކަށްވާތީ އެކަމާއި ގުޅުވާލައިގެން އެ ފޮޓޯތަކާއި ވީޑިއޯތައް ނަގައި ހިއްސާ ކުރީ ކަމަށެވެ.
ދެމީހުންގެ މިވާހަކަތަކާއި ގުޅިގެން ބައެއް ސަޕޯޓަރުން ވަނީ ވަރަށް ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން ދެވޮލީނާ އާއި ވިޝާލް އެމީހުން މޮޔަހެއްދީ ކަމަށް ބުނެ ރުޅިއައިސްފަވެ އެވެ. އަދި އެ ޖޯކު މަޖާ ނޫން ކަމަށް ބައެއް މީހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް