ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުކުރާނަން: ރައީސް ޞާލިޙް

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ ހަދާ ދިރާސާ ނިމުމަށްފަހު، އެދާއިރާގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުކުރައްވާނެ ކަމަށް ރައ...

03 Feb 2022 | 11:05

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ ހަދާ ދިރާސާ ނިމުމަށްފަހު، އެދާއިރާގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނު ހަރަކާތުގެ ތެރެއިން މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މިކަމަށް އިޝާރަތް ކުރައްވާ ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމީ ކަމާ ގުޅޭ ދިރާސާތަކެއް ހެއްދެވުމަށްފަހު އެ ދިރާސާގެ ނަތީޖާއަށް ބަލާފައި ކަމަށެވެ.

ތައުލީމީ ދާއިރާގެ މުސާރައަށް ފަހު ދެން ބޮޑު ކުރާނީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަކަމުގައި ރައީސް ހާމަކުރައްވާފައިވެއެވެ.

ނަަވެސް އެކަން ކުރެވޭނީ ދިރާސާތަކަށްފަހު ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ މުސާރަ ވެސް ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުވާއިރު، ފަންނީ މުވައްޒަފުންނާއި އެ ދާއިރާގެ އެހެން މުވައްޒަފުންގެ މުސާރަތައް ވެސް ބޮޑުވާނެ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ވަނީ ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވެފައިއެވެ. މި ބަދަލާއިއެކު ގްރެޖުއޭޓް ފެންވަރުގެ މުދައްރިސުންގެ މުސާރައިން 56 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް