ކޯވިޑްގައި ނައިފަރުން ފަސް ދުވަސް ތެރޭގައި ދެ ވަނަ މަރު، ރާއްޖޭގެ ޖުމްލަ 279ށް

ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ އިއްޔެ މެންދުރު 1:37 ގައި އެވެ. މަރުވި އިރު އ...

03 Feb 2022 | 11:03

ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ އިއްޔެ މެންދުރު 1:37 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލްގައި އެވެ.

މިއީ މިދިޔަ ފަސް ދުވަސް ތެރޭގައި އެ ރަށުން ކޯވިޑްގައި މަރުވި ދެ ވަނަ މީހާ އެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލްގައި ކޯވިޑަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ 66 އަހަރުގެ ދިވެހި އަންނެކެވެ.

މިއަދު މަރުވި މީހާ އާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 279 ށް އަރާފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން މިހާތަނަށް 143،202 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން17،721 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ބަލިން ރަނގަޅުވެފައިވަނީ 125،190 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް