ރިޔާސީ ބަޔާނުން އެނގުނީ ރައީސް ސޯލިހު ހުންނެވީ ވާނުވާގައި ކަން: އަދުރޭ

މިއަދު އިއްވެވި ރިޔާސީ ބަޔާނުން އެނގުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ވާނުވާގައި ކަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިއަދުގެ ރިޔާސީ ބަޔާނުގައި ރައީ...

03 Feb 2022 | 10:45

މިއަދު އިއްވެވި ރިޔާސީ ބަޔާނުން އެނގުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ވާނުވާގައި ކަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ މިދިޔަ އަހަރު ސަރުކާރުން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ދެއްވާފަ އެވެ. އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް މިއަހަރު ކުރަން ނިންމާފައިވާ ކަންކަމާއި އިގްތިސޯދީ ކުރިއެރުމާއި ދަރަނި އަދާ ކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

ރިޔާސީ ބަޔާނަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަކީ ޚިޔާލީ ހުވަފެނެއް ކަމަށެވެ. އަދި މުޅި ބަޔާން ބައްޓަންކޮށްފައި ވަނީ ރައީސް ސޯލިހުގެ ރިޔާސީ އިންތިޚާބާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރިޔާސީ ބަޔާނުގައި ގައުމުގެ އަސްލު ޙާލަތުވަނީ ރައްޔިތުންނަށް އޮޅުވާލާފައި ކަމަށް ވިދާޅުވި އެވެ. އަދުރޭ ވިދާޅުވީ މިއަދު ފެންނަނީ ރައީސް ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެ ހާސްވެފައިވާ މިންވަރު ކަމަށެވެ.

https://twitter.com/Banafsaa/status/1489175206564593666

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް