މުސާރައަށް 56 އިންސައްތައިގެ ކުރިއެރުމަކީ ރާއްޖޭގެ ތާރީހުގައިވެސް އާ ކަމެއް، މިއީ ހެޔޮ ބަދަލެއްގެ ފެށުން: ޑރ. ހަސަން ހަމީދު

ގްރެޖުއޭޓް ފެންވަރުގެ މުދައްރިސުންގެ މުސާރައިން 56 އިންސައްތައިގެ ކުރިއެރުމަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގާފައިވާ ކަމެއް ނޫން ކަމަށާއި މިއީ ހެޔޮ ބަދަލެއްގެ ފެށުން ކަމުގައި ޤައުމީ ޔުނިވާސިޓީގެ ޗާންސެލ...

03 Feb 2022 | 10:19

ގްރެޖުއޭޓް ފެންވަރުގެ މުދައްރިސުންގެ މުސާރައިން 56 އިންސައްތައިގެ ކުރިއެރުމަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގާފައިވާ ކަމެއް ނޫން ކަމަށާއި މިއީ ހެޔޮ ބަދަލެއްގެ ފެށުން ކަމުގައި ޤައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.

ޑރ. ހަސަން މިހެން ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު އިއްވި ރިޔާސީ ބަޔާނުގައި ނިންމަވައި، އެކަންހާމަ ކުރެއްވުމުންނެވެ.

ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ބޮޑުކުރުމުން ގްރެޖުއޭޓް ފެންވަރުގެ ސެކަންޑްރީ ޓީޗަރެއްގެ މުސާރަ 12،628ރ. އިން 19،640ރ. އަށް، އިތުރު ގަޑީގެ ފައިސާ ނުހިމަނައި، ބޮޑުވާނެ ކަމަށެވެ.އަދި މި ބަދަލާއިއެކު ގްރެޖުއޭޓް ފެންވަރުގެ މުދައްރިސުންގެ މުސާރައިން 56 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެއެވެ.

މިކަމަށް އިޝާރަތް ކުރައްވާ ޑރ. ހަސަން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގްރެޖުއޭޓް ފެންވަރުގެ މުދައްރިސުންގެ މުސާރައަށް 56 އިންސައްތައިގެ ކުރިއެރުމެއްލިބުމަކީ، މިއީ ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ހިނގާފައި ނުވާފަދަ ކަމެއް ކަމަށެވެ.

https://twitter.com/hsn_hameed/status/1489094142101573634

މީގެ އިތުރުން މި ބަދަލާއި އެކު ހުނަރުވެރި، ތަޢުލީމީ އާ ޖީލެއް ތަރުބިއްޔަތު ކުރުމަށްޓަކައި، ކިޔަވައިދިނުން ކެރިއަރެއްގެ ގޮތުގައި އިހްތިޔާރުކޮށް މިދާއިރާ އިން ހުނަރުވެރި ގާބިލް ދަރިން ފެނިގެންދާނެކަމުގައި ޑރ. ހަސަން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް