ހިލޭ ޑިގްރީގެ ދަށުން ފުރަތަމަ ކިޔަވަންވީ ރައީސް ސޯލިހް: މަލީހް

ހިލޭ ޑިގްރީގެ ދަށުން ފުރަތަމަ ކިޔަވަންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމުގައި މި ސަރުކާރުގެ، ކުރީގެ ޓެކްނޮޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ. މަލީހް މިހެން ...

03 Feb 2022 | 10:13

ހިލޭ ޑިގްރީގެ ދަށުން ފުރަތަމަ ކިޔަވަންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމުގައި މި ސަރުކާރުގެ، ކުރީގެ ޓެކްނޮޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މަލީހް ވިދާޅުވެފައިވަނީ ހިލޭ ޑިގްރީ ރައްޔިތުންނަށް ދިނުމުގެ ކުރިން ހިލޭ ޑިގްރީގެ ދަށުން ޑިގްރީއެއް ނަންގަވަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.

"ނުކިޔަވާ މިކަމެއް ނުވާނެ، ނުކިޔަވާ ގައުމު ހިންގޭނެކަން ފާއިތުވި ހަތަރު އަހަރުން ސާބިތުވެއްޖެ" މަލީހް ވިދާޅުވެފައިވެއެވެ.

https://twitter.com/maleehjamal/status/1489090723136032768

މަލީހް މިހެން ވިދާޅުވެފައިވާއިރު ހިލޭ ޑިގްރީއާއި ތައުލީމުގެ ވާހަކަ ރައީސްގެ މިއަދުގެ ރިޔާސީ ބަޔާނުގައި ދެއްކެވިއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ ވަރަށް ފޮނިކަމަށެވެ. މި ޕްރޮގްރާމުން މިހާތަަނަށް 12730 ދަރިވަރަކަށް ފުރުސަތު ހޯދައިދެވިއްޖެކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް