ރައީސްގެ ބަޔާނުން ވީ އުފަލުން އަތްތިލަބަޑި ޖެހި ޖެހީނުން ޖާބިރު ހޮސްޕިޓަލަށް !

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގެ މޮޅުކަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަމަށް ވަރަށް ތައުރީފު ކުރައްވައިފިއެވެ...

03 Feb 2022 | 09:47

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގެ މޮޅުކަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަމަށް ވަރަށް ތައުރީފު ކުރައްވައިފިއެވެ.

ހަމަ އެކަނި ތައުރީފު ކުރެއްވުމުން ނިންމަވައިލެއްވީކީ ނޫނެވެ.

އޮންލައިން ނޫސް ވަގުތަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވެފައިވަނީ މުޅި ބަޔާނުގައިވެސް ރައީސް ދެއްކެވި ވާހަކަތައް މޮޅުކަމުން ފެށުނީއްސުރެ ނިމެންދެން ހުއްޓައިނުލައްވާ އަތްތިލަބަޑި ޖެއްސެވި ކަަމަށެވެ.

އެހެންކަމުން އަތަށް ތަދުވެ ހޮސްޕިޓަލަށް ގޮސް މިހާރު ޑަކުޓަރަށް ދައްކަވާފައިވާކަންވެސް ޖާބިރު ފާހަގަކުރައްވާފައިވެއެވެ.

ރައީސް ރިޔާސީ ބަޔާން އިއްވެވިއިރު މައިގަނޑު ގޮތެއްގައި އިތުރު އަޑަކަށް އިވެމުންދިޔައީ އަތްތިލަބަޑީގެ އަޑެވެ. އެހެންނަމަވެސް މެންބަރު ޖާބިރުގެ އަޑުފުޅު ދޭތެރެ ދޭތެރެއިން އިވެމުންދިޔައެވެ.

ވަގުތަށް ދެއްވާފައިވާ އެ އިންޓަވިއުގައި ޖާބިރު ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާނަކީ މުޅިން ތަފާތު ބަޔާނެއް ކަމަށާއި އަދި އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރައްވާކަމަށެވެ.

ޖާބިރުގެ ބަހެއް ހޯދާލަން، ދުވަހުން ގުޅިއިރު އެމަނިކުފާނުގެ ފޯނު ނިއްވާލާފައި އޮތުމުން ބަހެއް ލިބޭގޮތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް