އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ރި ސޮލް ޖޫ އަދި ޢާއިލާގެ ބޭފުޅުން ޢާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފިއެވެ.
މިއީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރަކަށް ވާތީ، މި މަންޒަރު ވަނީ އެގަމުގެ ގައުމީ ޓީވީން ދައްކާފައެވެ.
ލީޑަރ ކިމް އާއި ޢާއިލާގެ ބޭފުޅުން، ޢާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައި މިވަނީ ލޫނާ އައު އަހަރު ފާހަގަ ކުރުމަށް ވެރިރަށް ޕިޔޮންގްޔަންގް ގެ މަންސޫދާއީ އާޓް ގެލަރީގައި ބޭއްވި ޕަރފޯމަންސެއް ބައްލަވާލެއްވުމަށެވެ.
މީގެކުރިން ގިނަ ފަހަރު މިފަދަ އިވެންޓުތަކަށް ވަޑައިގަންނަވަނީ ރަސްމީ އިއްޒަތުގައެވެ.
މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ ލީޑަރ ކިމް އަށް އަމާޒުވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނަމުން ދަނީ ޢާންމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވީ ކޮވިޑު ބަލީގެ ސަބަބުން ހެދިފައިވާ "ޅަ އެއްޗެހި" ފޮރުވާ، މަތިއެޅުއްވުމަށް ކަމަށެވެ.
އުތުރު ކޮރެއާއިން ކޮވިޑް-19 ގެ އެއްވެސް ރޯގާއެއް ފެތުރޭކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާ ކަމަށާއި ރައްޔިތުން ވަރަށްބޮޑު އޮޅުވާލުމެއްގައި ގެންގުޅޭ ކަމުގެ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް