ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ހާންގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލަކީ އަދިވެސް ދައްކާ މީހުން ފޫހިނުވާ ވާހަކައެކެވެ.
ބަރުދަނުގައި 96 ކިލޯ ހުރި ސާރާ 2018 ވަނަ ބޮލީވުޑަށް ނުކުންނަން ވެގެން ބަރުދަން ލުއިކޮށްލީ އަހަރު ދުވަހުގެ ތެރޭގައި ކޮށްލި ބުރަ މަސައްކަތުންނެވެ. އޭނާ ބަރުދަން ލުއި ކުރަން ކުރި މަސައްކަަކީ ފޭނުން އަދިވެސް ފޯރީގައި އެނގެން ބޭނުންވާ މައުލޫމާތުތަކެކެވެ.
މިއަދުވެސް ސާރާ އިންސްޓަގްރާމްގައި ބޭނުން ސުވާލެއް ކުރުމަށް ހުޅުވާލި ފުރުސަތެއްގައި ސަޕޯޓަރަކު ކުރީ އޭނާ ހަށިގަނޑަށް ގެނައި ބަދަލާގުޅޭ ސުވާލެކެވެ. އެމީހާ ބުނީ ބަރުދަން ލުއި ކުރަން ބޭނުން ނަމަ ޕިއްޒާ ކެއުން ހުއްޓާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯ އެވެ.
ޖަވާބުގައި ސާރާ ބުނެފައިވަނީ ކޮންމެސް ވަރަކަށް ކެވިދާނެ ކަމަށާއި އެކަމަކު އެހާ "ސާރާ" ނޫން ކަމަށެވެ. އަދި ހާއްސަކޮށް "އިތްނާ ސާރާ" ކެއުން ރަނގަޅު ނޫން ކަމަށް ބުނެފައިވެ އެވެ.
އެ ޖަވާބުގައި "ސާރާ" ބޭނުން ކޮށްފައިވަނީ ހިންދީ ބަހުގެ މާނައަކަށެވެ. ހިންދީ ބަހުން "ސާރާ" ކިޔަނީ ބައިވަރު ނުވަތަ ގިނަ" އަށެވެ.
ސާރާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމް "އަތްރަންގީރޭ" އިންނެވެ. އެ ފިލްމުގައި އޭނާ އާއި އެކު ލީޑްރޯލުން ފެނިގެންދިޔައީ އަކްޝޭ ކުމާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް