ޓީޗަރުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ރާއްޖޭގެ ތަރައްގީއަށް ކަމަށާއި އެކަމުން ހުނަރުވެރި ދަރިވަރުން ޓީޗަރުކަމާ ކުރިމަތިލުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އެދިވަޑަގައިގެންފިއެވެ.
އެކަމަނާ މިހެން ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު އިއްވި ރިޔާސީ ބަޔާނުގައި ނިންމަވައި، އެކަންހާމަ ކުރެއްވުމުންނެވެ.
އެގޮތުން، ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ބޮޑުކުރުމުން ގްރެޖުއޭޓް ފެންވަރުގެ ސެކަންޑްރީ ޓީޗަރެއްގެ މުސާރަ 12،628ރ. އިން 19،640ރ. އަށް، އިތުރު ގަޑީގެ ފައިސާ ނުހިމަނައި، ބޮޑުވާނެ ކަމަށެވެ.
މިކަމަށް އިޝާރަތް ކުރައްވާ ޑރ. އައިޝަތު އަލީ ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް ބޮޑު ކޮށްދީފައިނުވާ ވަރަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް އިއުލާންކުރުމަކީ ސްކޫލްތަކާ ގުޅިފައިވާ އެންމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.
ޓީޗަރުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ރާއްޖޭގެ ތަރައްޤީއަށް ކަމަށާއި އެކަމުން ހުނަރުވެރި ދަރިވަރުން ޓީޗަރުކަމާ ކުރިމަތިލުމަށް އެކަމަނާ އެދިވަޑައިގަތެވެ.
މީގެ އިތުރުން ހުނަރުވެރި ދަރިވަރުން މުދައްރިސްކަމާ ކުރިިމަތިލައި، މޮޅެތި މުދައްރިސުން ވަޒީފާގައި ދެމި ތިބުމަށް އެކަމަނާ ގޮވާލައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް