މާލެ ސަރަހައްދުގެ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ، ދެތިން ހާސް ގޯއްޗާއި ހައެއްކަ ހާސް ފްލެޓް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މިއަދު ރައީސް އިބްރާހިމް ސޯލިހްގެ ރިޔާސީ ބަޔާނުގައި، މާލޭގެ ރައްޔިތުންގެ ތެރެއިން ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅިފަޅުން 2000 ގޯތި ދޭނެ ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
މުއިއްޒުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ވަނީ، މާލޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްކަ ހާސް ފްލެޓް ނޫން ކަމަށެވެ. އެގޮތުން ހުޅުމާލެ އިން މަދުވެގެން 4،000 ގޯތި ދެވެން އެބަ އޮތް ކަމަށާއި، ގުޅިފަޅު ހިއްކައިގެން ވެސް މަދުވެގެން 10،000 ގޯތި ދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ހުޅުމާލެއިން 15،000 ފްލެޓްގެ އިތުރުން ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތް ކަމަށްވެސް މޭޔަރު އެ ޓްވީޓްގައި ވިދާޅުވިއެވެ.
https://twitter.com/MMuizzu/status/1489067280789291008?cxt=HHwWgIDS4a2znaopAAAA
މީގެ އިތުރުން ސިޓީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި މެސެޖެއްގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލް އިން ތައްޔާރު ކޮށްފައިވާ، ސްޓްރީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ސަރުކާރުން ކޮޕީ ކޮށްގެން ވެސް މާލެ ރައްޔިތުންނަށް ކައުންސިލުން ކަނޑައަޅާފައިވާ ކަންކަން ކޮށްދީ ރައްޔިތުން އެދޭ މަންޒިލަށް ވާސިލް ވާނަމަ އެކަމާ މެދު އުފާ ކުރާ ކަމަށެވެ.
ކައުންސިލުން ފާސްކޮށްފައިވާ، ސްޓްރީޖިކް އެކްޝަން ޕްލޭންގައިވާ ކަންކަން ކުރަން ސަރުކާރުން ކައުންސިލް އަށް އެއްވެސް އެއްބާރުލުމެއް އަދި ނުދެއްވާ ކަމަށް ވިދާޅުވެ، މޭޔަރު ވިދާޅުވީ، މާލެ ރައްޔިތުން ނިންމެވި ޑިމޮކްރަޓިކް ނިންމުން ސަރުކާރުން ބަލައި ނުގަންނަ ކަމަށާއި، މިއީ ލާމަރުކަޒީ ނިޒާމަށް ކުރެވޭ ބޭއިހުތިރާމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް