ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތަކަކާއި ބަނގުރާ އެކުލެވޭ ބިޔަރު ދަޅުތަކެއް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތަކަކާއި ބަނގުރާ އެކުލެވޭ ބިޔަރު ދަޅުތަކެއް ނައްތާލައިފިއެވެ. އެ އިދާރާ އިން ބުނީ އެކެތި ނައްތާލާފައިވަނީ ސ. ހިތަދޫ ކުނި ނައްތާލާ ސަރ...

03 Feb 2022 | 08:40

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތަކަކާއި ބަނގުރާ އެކުލެވޭ ބިޔަރު ދަޅުތަކެއް ނައްތާލައިފިއެވެ.

އެ އިދާރާ އިން ބުނީ އެކެތި ނައްތާލާފައިވަނީ ސ. ހިތަދޫ ކުނި ނައްތާލާ ސަރަޙައްދުގައި މި ފެބްރުވަރީ މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

އެގޮތުން ނައްތާލާއިވަނީ 97 ބަނގުރާ ފުޅިއާއި ބަނގުރާ އެކުލެވޭ ބިޔަރުގެ 14 ދަޅު ކަމަށް ވެސް ބުންޏެވެ. އަދި އެތަކެތީގައި ޖުމްލަ 57.438 ލީޓަރު ހުންނާނެ ކަމަށް ވެސް ބުންޏެވެ.

މިތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް